Ads by Farudhun

ޚަބަރު

ދިރުންތައް ހިމާޔަތްކުރުމަށް ގުޅޭ މަޝްވަރާ ބައްދަލުވުމެއް ފަށައިފި

ދިރުންތައް ހިމާޔަތްކުރުމަށް ގުޅޭ މަޝްވަރާ ބައްދަލުވުމެއް ފަށައިފި

މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ޖުލައި 2026، 09:38

22 ޖުލައި 2026، 09:38

ދެކުނު އަރިއަތޮޅުގެ ދިރުންތަކާއި ގުދުރަތީ ވަސީލަތްތައް މެނޭޖުކުރުމާ ގުޅޭ މަޝްރޫއެއް އެކުލަވައިލުމަށްޓަކައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް ޔޫ.އެން.އީ.ޕީ ގުޅިގެން އެ އަތޮޅުގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށައިފިއެވެ. 

މިއީ "ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ފަންޑް" އަށް ހުށަހެޅުމަށް ތައްޔާރުކުރާ ޕްރޮޕޯސަލް ފައިނަލް ކުރުމަށްޓަކައި ބާއްވާ ބައްދަލުވުންތަކެއް ކަމަށް ތިމާވެއްޓައި ބެހޭ ވުޒާރާއިން ބުނެއެވެ.



އެ ވުޒާރާއިން ބުނީ މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންގާރަ ދުވަހު ވަނީ މާމިގިލި، ފެންފުށި، ދިގުރަށް އަދި ދިއްދޫގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެ ރަށްރަށުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށްފައި ކަމަށެވެ.

އަދި މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ، ދެކުނު އަރިއަތޮޅުގެ ދިރުންތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުންމެވެ. އަދި އެކަމުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަސް ވެސް ވުޒާރާއިން ވިދާޅުވެއެވެ. 

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ކުރިއަށް ގެންދާނެ ހަރަކާތްތައް ކަނޑައެޅުމުގައި ރަށު ކައުންސިލްތަކާއި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ވެސް މަސައްކަތްކުރެވިގެންދާނެކަށް އެ ވުޒާރާއިން ބުނެއެވެ.

ވިޒާރާއިން އިތުރަށް ވިދާޅުވީ މި މަޝްރޫއު އެކުލަވައިލުމުގައި އިސްކަންދެނީ، ދެކުނު އަރިއަތޮޅުގެ މުއްސަނދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މުޖުތަމައުގެ ދައުރު ފުޅާކުރުމަށް ކަމަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450