Ads by Farudhun

ޚަބަރު

ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއް އަނދާފައި / ފޮޓޯ: އެމްއެންޑީއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ޖުލައި 2026، 09:31

22 ޖުލައި 2026، 09:31

ހދ. ހަނިމާދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 21 ވަނަ ދުވަހުގެ ރޭ ދަންވަރު 00:20 ހާއިރުއެވެ. 

ލޯންޗުގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދޫ ޕޯސްޓުގެ ސިފައިންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް 00:15ގައި ލިބުނުއިރު، ވަގުތުން ހަރަކާތްތެރިވެ 00:45 ހާއިރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ދަތުރަށް ފުރުމަށްޓަކައި ލޯންޗުގެ އިންޖީނު ސްޓާޓްކުރި ވަގުތު އިންޖީނުގައި އަލިފާން ރޯވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި ލޯންޗުގައި ތިބި ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އެއީ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއެކެވެ. މީގެ ތެރެއިން ފަޅުވެރިޔާއަށް ހަނިމާދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ލޯންޗުގެ ކެޕްޓަނަށް ލިބުނު އަނިޔާތަކަށް ހަނިމާދޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އަލިފާން ރޯވުމުގެ ސަބަބުން ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450