Ads by Farudhun

ޚަބަރު

ރާއްޖޭގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދަށްވާން ފަށައިފި

ރާއްޖޭގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދަށްވާން ފަށައިފި

ހިމިބިހި ކޮންޓްރޯލް ކުރުމަށް ވެކްސިން ކެމްޕޭންއެއް ވަނީ ފަށާފައި---

farudhun logo

ފަރުދުން

22 ޖުލައި 2026، 10:01

22 ޖުލައި 2026، 10:01

ރާއްޖޭގައި މި ދުވަސްވަރު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު މިދިޔަ ހަފުތާގައި ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ހަފުތާގައި މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 22 މީހުންނެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. އޭގެ ކުރީ ހަފުތާގައި ހިމަބިހި ޖެހިގެން 23 މީހަކު ރިޕޯޓުކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، މި ބަލި ފެނުނު ފަހުން މިހާތަނަށް ޖުމްލަ 166 މީހަކަށް މި ބަލި ޖެހިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.



މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 9,918 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ދިވެހިރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވީ ނަމަވެސް، އަލުން މި ބަލީގެ ކޭސްތަކެއް ފެނުމާއެކު އެޗްޕީއޭއިން ވަނީ ވަގުތުން ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ފިޔަވަޅުތައް އަޅަމުންދަނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

ހިމަބިހީގެ އަލާމާތްތަކަށް އާންމުން ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގައިގައި ރަތް ބިހި ނެގުމާއި، ހުން އައުމާއި، ރޯގާ ޖެހި ކެއްސުމުގެ އިތުރުން ލޯ ރަތްވުން ފަދަ ކަމެއް ދިމާވާނަމަ، ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަކީ މުހިއްމު ކަމެކެވެ.

ބަލީގެ ނުރައްކާ ކުޑަކުރުމުގައި ވެކްސިންއަކީ އެންމެ މުހިއްމު ވަސީލަތް ކަމަށްވާއިރު، ބަލި ޖެހިފައިވާ މީހަކާ ބައްދަލުވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ހާއްސަކޮށް ދިފާއީ ނިޒާމު ބަލިކަށި މީހުން ވެކްސިން ފުރިހަމަކުރުމަށް ސިއްޙީ މާހިރުން ބާރުއަޅުއްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450