Ads by Farudhun

ޚަބަރު

ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން އެބަސްވުމެއްގައި ސޮއިކޮށްފި

ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން އެބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ޖުލައި 2026، 12:11

22 ޖުލައި 2026، 12:11

ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްއެމްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަމްޖަދު އަޙްމަދެވެ. އަދި  އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމަކީ  ފަރުތައް އާލާކުރުމާއި މޮނިޓަރކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޓަކައި ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ  އެޗްޑީސީއިން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި، ތަޖުރިބާ އަދި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން، ރާއްޖޭގެ ފަރުތައް މޮނިޓަރކުރުމާއި، އެ ދާއިރާއިން ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމަށް އެއްބާރުލުންދިނުމަށް ނިންމާފައިވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ފަހުމުނާމާއަކީ ރާއްޖޭގެ ފަރުތަކުގެ ދިރުންތައް އާލާކޮށް، އެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން އަންނަނީ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި އެއްބަސްވުމަކީ ވެސް، މި މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ލަފާކުރެވެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450