Ads by Farudhun

ޚަބަރު

5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ރަސްމާދޫގައި ގަސް އިންދައިފި

5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ރަސްމާދޫގައި ގަސް އިންދައިފި

މި ހަރަކާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ޖުލައި 2026، 12:53

22 ޖުލައި 2026، 12:53

5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ރ. ރަސްމާދޫގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މި ހަރަކާތްކުރިއަށް ގެންގޮސްފައިވަނީ، ރަސްމާދޫ ކައުންސިލް އިދާރާގެ އިތުރުން ކަމާގުޅޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ކަމަށް ވާއިރު، މި ހަރަކާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލްފާޟިލް ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ވަޒީރު ވަނީ،  ރަށުގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ. 

ވަޒީރުގެ އިތުރުން، ރަސްމާދޫ ކައުންސިލްގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.



މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ، ރަށް ފެހިކުރުމާއި، މޫސުމީ ބަދަލުތަކުން ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ފަށާފައިވާ މި މަޝްރުޢޫގައި ރަސްމާދޫގެ ބައިވެރިވުން އިތުރުކުރުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މި ހަރަކާތުގެ ތެރެއިން އެ ރަށުގައި ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭ ތަފާތު ބާވަތްތަކުގެ ގަސްތައް އިންދާފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެއެވެ. 

މިއީ އަސްލު ބާވަތްތައް އާލާކޮށް، ގޮނޑުދޮށް ރައްކާތެރިކޮށް، ރައްޔިތުންނާއި ދައުލަތުގެ ވިޔަފާރިތައް އަދި ޒާތީ ޕާޓްނަރުން ބައިވެރިކޮށްގެން ރާއްޖޭގެ މުޅި ތާރީޚިގައި ވެސް ހިންގާ އެންމެ ބޮޑު ގަސް އިންދުމުގެ ޕްރޮގްރާމުކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުން ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން މިހާރުވަނީ 1،603،529 ގަސް އިންދާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450