Ads by Farudhun

ޚަބަރު

އަށް ގައުމެއްގެ އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

އަށް ގައުމެއްގެ އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

ސްލޮވޭނިއާގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2026، 01:37

22 ޖުލައި 2026، 01:37

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ޤައުމެއްގެ ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުއްވި ސަފީރުންނަކީ:

  • ނެމީބިއާ: ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ އެލެކްސް އެލް. ތުކުހުޕްވެލޭ
  • ޑޮމިނިކަން ރިޕަބްލިކް: ނޮން-ރެސިޑެންޓް އެމްބަސެޑަރ، ހިޒް އެކްސެލެންސީ ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަނާންޑޭޒް
  • ކިއުބާ: ނޮން-ރެސިޑެންޓް އެމްބަސެޑަރ، ހަރ އެކްސެލެންސީ ޕެޓްރީޝިއާ ލާޒާރާ ޕެގޯ ގުއޭރާ
  • ޤަޠަރު: އެމްބަސެޑަރ، ހިޒް އެކްސެލެންސީ ޙަމަދު މުޙައްމަދު ޢަބްދުއްލަހް އަލް-ސަނަދު އަލް-ދޯސަރީ
  • ފީޖީ: ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ ޖަގްނާތު ސާމީ
  • ކޮސޯވޯ: ނޮން-ރެސިޑެންޓް އެމްބަސެޑަރ، ހިޒް އެކްސެލެންސީ ލުލްޒިމް ޕްލާނާ
  • ސޯމާލިއާ: ނޮން-ރެސިޑެންޓް އެމްބަސެޑަރ، ހިޒް އެކްސެލެންސީ ޑޮކްޓަރ ޢަބްދުއްލަހީ މުޙައްމަދު އޮޑޯވާ
  • ސްލޮވޭނިއާ: ނޮން-ރެސިޑެންޓް އެމްބަސެޑަރ، ހިޒް އެކްސެލެންސީ ތޯމަޒް މެންސިން

މި ރަސްމިއްޔާތަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށްވެސް މަރުޙަބާ ދަންނަވައި، ތަހުނިޔާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކިން ސަފީރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދިވެހިރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރުން ވަނީ ޢަޒުމް އައުކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450