Ads by Farudhun

ޚަބަރު

މަނިކުފާނު ނުކުމެ ލާމަރުކަޒީ ވާހަކަ ދެއްކެވުމުން އަނގަ ދިގުވޭ: ޝުޖާއު

މަނިކުފާނު ނުކުމެ ލާމަރުކަޒީ ވާހަކަ ދެއްކެވުމުން އަނގަ ދިގުވޭ: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2026، 05:01

22 ޖުލައި 2026، 05:01

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޝުޖާއު މިފަދަ ރައްދެއް ދެއްވާފައިވަނީ 19 ވަނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަދި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޔާޒް، ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ފާޅުކުރެއްވި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ. ނިޔާޒް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމް.ޑީ.ޕީގެ ގިނަ ކަންބޮޑުވުންތަކަކާއެކު ލާމަރުކަޒީ ކޮމިޓީގެ މެންބަރުން މިވަގުތު ތިއްބެވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގައެވެ. އަދި މި މައްސަލަތަކާ ގުޅޭގޮތުން މާދަމާ ހެނދުނު 10:00 ގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އުންމީދަކީ ކައުންސިލްތައް ހިންގުމަށް ޤާނޫނީ ޖާގަ ލިބިގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރަކަށް ނިޔާޒް ހުންނެވިއިރު، މުޅި ނިޒާމު ފުޑާލައި، ޤާނޫނުން ދީފައިވާ ބާރުތައް ވަކި ބޭފުޅުންގެ މުށުތެރެއަށް ލައިގެން ވެރިކަން ހިންގަމުން ދިޔަ ކަމަށެވެ. އަދި އެ ވާހަކަތައް ނިޔާޒްގެ ކަންފަތްޕުޅާ ހަމައަށް ގެންދިޔުމުންވެސް އެ ދުވަހު ހުންނެވީ ހަނު ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

މަނިކުފާނު ނުކުމެ ލާމަރުކަޒީ ވާހަކަ ދެއްކީމާ ދެން އަޅުގަނޑުމެންގެ އަނގަ ދިގުވޭ،

     ޝުޖާއު 

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ނިޒާމުގެ ބާރުވެރިކަން ކަށަވަރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގާތަށްވެސް، ކުރީގެ ސަރުކާރުތަކަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިއަދު އެފަދަ ވާހަކަ ދައްކަވާއިރު ލަދުގަންނަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް މާލީ އަދި އިދާރީ މިނިވަންކަން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުން ތަކުރާރުކޮށް ދަނީ ހާމަކުރަމުންނެވެ. އެގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450