Ads by Farudhun

ޚަބަރު

ކުރިންބީ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

ކުރިންބީ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

ކުރިންބީ ސިއްހީ މަރުކަރުގެ މަސައްކަތް - ފޮޓޯ: އެމްޓީސީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 ޖުލައި 2026، 05:00

22 ޖުލައި 2026، 05:00

ހދ. ކުރިންބީ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަން އެ މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމް.ޓީ.ސީ.ސީ އިން ބުނެފައިވަނީ، ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ކޮންކްރީޓް އެޅުމަށް ބޭނުންވާ އޮނިގަނޑޫ ތައްޔާރު ކުރުމާއި، އަދި ޝަޓަރިންގްގެ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މި މަޝްރޫޢަކީ ކުރިންބީގެ ރައްޔިތުންނަށް އެދެވޭ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢު ނިމުމުން، ކުރިންބީ ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުވެ، މިހާރަށްވުރެ ފުރިހަމަ ޚިދުމަތްތަކެއް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

އެމް.ޓީ.ސީ.ސީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450