Ads by Farudhun

ޚަބަރު

ގުޅީ ސްކޫލްގެ އާ އިމާރާތުގެ ދެވަނަ ފަންގިފިލާގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

ގުޅީ ސްކޫލްގެ އާ އިމާރާތުގެ ދެވަނަ ފަންގިފިލާގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

ގުޅީ ސްކޫލުގެ މަސައްކަތް - ފޮޓޯ: އެމްޓީސީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 ޖުލައި 2026، 05:29

22 ޖުލައި 2026، 05:29

ކ. ގުޅީ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރިއަށްގެންދާ 6 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މުހިންމު މަރުހަލާއެއް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، އާ އިމާރާތުގެ ދެވަނަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

ގުޅީ ސްކޫލްގައި އަޅާ މި އާ އިމާރާތަކީ އެ ރަށުގެ ދަރިވަރުންނަށް އުނގަންނައިދިނުމަށް އެކަށީގެންވާ ޒަމާނީ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 6 ކްލާސްރޫމްގެ އިތުރުން، ސްކޫލްގެ އެކި ހަރަކާތްތައް ބޭއްވުމަށް ބޭނުންވާ ތަނަވަސް މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރެވޭނެއެވެ.

އެމް.ޓީ.ސީ.ސީ އިން ބުނިގޮތުގައި، މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރު މިނުގައި ކުރިއަށްދާއިރު، މިއީ ރަށްރަށުގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްދާ މަސައްކަތެކެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ހިއްސާދާރެވެ. އެމްޓީސީސީއަކީ ރާއްޖޭގެ މީހުންގެ ލޯތްބާއި، އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450