Ads by Farudhun

ޚަބަރު

"ޑިޖިޓަލް ފޯރ އޯލް" އިފްތިތާޙުކޮށްފި

"ޑިޖިޓަލް ފޯރ އޯލް" އިފްތިތާޙުކޮށްފި

"ޑިޖިޓަލް ފޯރ އޯލް" އިފްތިތާޙުކުރުމުގެ ހަފްލާގައި މިނސްޓަރު އިހުސާން ވާހަކަ ދައްކަވަނީ - ފޮޓޯ: ހޯމް ލޭންޑް ސެކިއުރިޓީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 ޖުލައި 2026، 05:52

22 ޖުލައި 2026، 05:52

ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ "މޯލްޑިވްސް 2.0" ގެ ދަށުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ގައުމީ ޑިޖިޓަލް އަދި އޭއައި (AI) ލިޓަރެސީ ކެމްޕޭން "ޑިޖިޓަލް ފޯރ އޯލް" ދިވެހި ސަރުކާރުން މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ކެމްޕޭން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. އިސްމާއީލް ޝަފީއު އެވެ. މި މަޝްރޫއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދާ ވަށާޖެހޭ ބޮޑު ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، އޮނަރަބަލް އަލީ އިޙްސާން ވިދާޅުވީ، ސަރުކާރުން ކުރާ އެންމެ މުހިންމު އިންވެސްޓްމަންޓަކީ އިންސާނީ ވަސީލަތް ބިނާކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓަކީ، ހަމައެކަނި ނިޒާމުތަކަށް ކުރާ އިންވެސްޓްމަންޓެއް ނޫން. އެ ނިޒާމުތައް ބޭނުންކުރާނެ މީހުންނަށް ކުރާ އިންވެސްޓްމަންޓް،"

 މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މި ކެމްޕޭނުގެ މައިގަނޑު މަޤުސަދަކީ، ގިނަ ހިދުމަތްތަކެއް އޮންލައިންވަމުންދާ މި ދަނޑިވަޅުގައި، ކޮންމެ ދިވެއްސަކަށްވެސް ޑިޖިޓަލް ދުނިޔޭގައި ރައްކާތެރިކަމާއި ޔަގީންކަމާއެކު ހަރަކާތްތެރިވުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި އޭއައި (AI) އާ ގުޅޭ މަޢުލޫމާތު އުނގަންނައިދިނުމެވެ.

ކެމްޕޭން އިފްތިތާޙުކޮށްދެއްވަމުން ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ޖީލުތަކަށް ޑިޖިޓަލް ހުނަރުތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޑިޖިޓަލް ފޯރ އޯލް" ޕްރޮގްރާމަކީ ހުރިހާ އުމުރެއްގެ އަދި ހުރިހާ ދާއިރާއެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ހަރަކާތެކެވެ. މި ޕްރޮގްރާމް އަމަލީގޮތުން ހިންގަނީ މައިންޑްކޯގެ ފިއުޗަރް އިންސްޓިޓިއުޓްއިންނެވެ. މި މަސައްކަތުގައި މައިންޑްކޯ އާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސަސްއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ސަރުކާރުގެ މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ދިވެހިބަހުންނާއި އިނގިރޭސިބަހުން މުޅިން ހިލޭއެވެ. އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް މި ހިދުމަތް ލިބޭނެއެވެ.

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް 225,000 ދިވެހިންނަށް މި ހުނަރުތައް ފޯރުކޮށްދީ، އެއްވެސް ފަރުދެއް ބާކީނުކޮށް، ޑިޖިޓަލްގޮތުން ބާރުވެރިވެފައިވާ ގައުމެއް ބިނާކުރުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450