Ads by Farudhun

ޚަބަރު

އެއްގަމު ދަތުރުފަތުރާ ބެހޭ ޙާއްސަ ބައްދަލުވުމެއް ބާއްވައިފި

އެއްގަމު ދަތުރުފަތުރާ ބެހޭ ޙާއްސަ ބައްދަލުވުމެއް ބާއްވައިފި

އެއްގަމު ދަތުރުފަތުރާ ބެހޭގޮތުން ބޭއްވި ބައްދަލުވުން---

farudhun logo

ފަރުދުން

22 ޖުލައި 2026، 08:49

22 ޖުލައި 2026، 08:49

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ބިޒްނަސް ކައުންސިލްގެ 25 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. 

މި ބައްދަލުވުމުގައި އެންމެ އިސްފަރާތެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ދާއިރާއަށް އަންނަމުންދާ އެންމެ ފަހުގެ ތަރައްގީތަކާ ގުޅޭގޮތުންނެވެ. އަދި "ގްރޭޓަރ މާލެ މޯބިލިޓީ ފްރޭމްވޯކް" ގެ ދަށުން ދަތުރުފަތުރުގެ ނިޒާމަށް މާނަވީ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެކުލަވާލާފައިވާ ގިނަ އިސްލާހުތަކެއް މި ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ފެންވަރުގައި ހާއްސަ އިސްކަމެއްދީގެން ކުރަންޖެހޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މި އިރުޝާދާ އެއްގޮތަށް، މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މި ސަރަހައްދަކީ އުޅަނދު ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރެވޭ ސަރަހައްދެއް ނުވަތަ "ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.



މި ނިންމުން ތަންފީޒު ކުރުމުގައި ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ބޭނުމަކީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި އަދި ފައިދާހުރި ހައްލުތަކެއް ހޯދައިދިނުމެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެން، ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނާއި، އާންމު ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450