Ads by Farudhun

ޚަބަރު

ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މީހާ މުޖުތަމަޢުން އެކަހެރިކޮށްފި

ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މީހާ މުޖުތަމަޢުން އެކަހެރިކޮށްފި

ގެއްލުން ދިން މިސްކިތުގެ ދޮރު ކައިރީގައި ބަޔަކު މަޑުކޮށްގެން / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

22 ޖުލައި 2026، 10:58

22 ޖުލައި 2026، 10:58

ހުޅުމާލޭގައި ހުންނަ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ ތަނަށް ގެއްލުންދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހޯދައި، އޭނާ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ މިސްކިތަކަށް ގެއްލުންދިން މި މީހާއަކީ، މީގެ ކުރިން 2024 ޖުލައި 22 ވަނަ ދުވަހުގެ ރޭ ވެސް ހަމަ އެ މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ ފަރާތެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން އެ މީހާ މިހާރު ވަނީ މުޖުތަމަޢުން އެކަހެރިކުރެވިފައި ކަމަށެވެ. އަދި އެ ފަރާތަކީ ނަފްސާނީ ގޮތުން ނުވަތަ އެހެންވެސް ސިއްޙީ އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ކަމަށް ބެލެވޭތީ، އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މަހުގެ 20ވަނަ ދުވަހުގެރޭ މިސްކިތުގެ ދޮރަށް ދިން ގެއްލުން ފެންނަ ފޮޓޯއެއް / ފޮޓޯ: ޕޮލިސް

މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450