Ads by Farudhun

ޚަބަރު

ހޫޘީން ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޫޘީން ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޚާރިޖީ ވުޒާރާ. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖުލައި 2026، 09:44

23 ޖުލައި 2026، 09:44

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ތުހުމަތުތައް، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. 

ޚާރިޖީ ވުޒާރާއިން މިކަން ހާމަކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ސައުދީ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރައްވާކަމަށެވެ.

 ހޫޘީ ހަނގުރާމަވެރިން ބުނެފައިވަނީ، ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތްކުރާ ކަމަށާއި، ޔަމަނުގެ ކަނޑުމަތީގެ ދަތުރުފަތުރު ކުރުމަށް ވެސް ސައުދީން ހުރަސްއަޅަމުންދާ ކަމަށެވެ. 

މި ތުހުމަތުތައް ސައުދީ އަރަބިއްޔާގެ ޚަރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ހަރުކަށި އިބާރާތުން ކޮށްވެރިކޮށް ދުގޮކުރައްވާފައެވެ. އަދި ސައުދީން ޔަމަނުގެ ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ، ސައުދީއަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވިދާޅުވެފައެވެ.

ޚާރިޖީ ވުޒާރާއިން ވަނީ، ސައުދީން ޔަމަނުގެ ސަރުކާރާއި، އދ. އާއި ގުޅިގެން، ޔަމަނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި، އެ ގައުމުގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންގެންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ، ޔަމަނުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހަމައެހެންމެ ސައުދީ އަރަބިއްޔާއާއި އެކު އޮތް ބަދަހި ގުޅުން މި ބަޔާނުގައި ވަނީ އާކޮށްފައެެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450