ޚަބަރު
ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ހދ. ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށް އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު މި މަސައްކަތުގެ ތެރެއިން ކުރިއަށްދަނީ، ކޮލަމް ކޮންކްރީޓް މަސައްކަތާއި ސައިޓް އެކޮމަޑޭޝަން ބްލޮކްގެ މަސައްކަތްތައް ކަމަށެވެ.
މިއީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 2023 ވަނަ އަހަރު ނޯތް ކޯސްޓް ކޮންޓްރެކްޓަރސް އާއި ހަވާލުކޮށްގެން ފަށާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ފަހުން ވަނީ އެމްޓީސީސީއާއި ހަވާލުކުރެވިފައެވެ.
Project Update: Construction of a Multi purpose hall at Hdh. Nolhivaram School
— MTCC Plc (@MTCCPlc) July 23, 2026
Column concrete works and site accomodation block works are ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/BZ2ejzLSFJ
ނޮޅިވަރަމް ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމަށް 15 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި އެމްޓީސީސީއިން މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.
އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކުރެވުނުފަހުން، މަސައްކަތް ހަލުވިކަމާއެކު ވަނީ ކުރިއަށްދާން ފަށާފައެވެ. އަދި މި ސްކޫލުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ އެ ކުންފުނިން އާންމުކުރަމުންދެއެވެ.
އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ހިއްސާތަކެއް ވަމުންނެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެ ކުންފުނިން، އެ ރަށްރަށުގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މިއިން ގަނަ ޕްރޮޖެކްޓުތަކަކީ އަދުގެ ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން އެ ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްދާ ޕްރޮޖެކްޓުތަކެއްކަން ފާހަގަކޮށްލެވެއެވެ.