Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގުތަރައްގީކޮށް، މަލަމަތި ދިވެހި ރުކުން ފަރިކޮށްލަނީ

ބޮޑުތަކުރުފާނު މަގުތަރައްގީކޮށް، މަލަމަތި ދިވެހި ރުކުން ފަރިކޮށްލަނީ

ބޭރު މަގުގައި ރުށް އިންދުމުގެ މަސައްކަތް - ފޮޓޯ: ފަރުދުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 ޖުލައި 2026، 11:33

23 ޖުލައި 2026، 11:33

މާލޭގެ ބޮޑުތަކުރުފާނު މަގު ނުވަތަ ބޭރު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ މަލަމަތި ދިވެހި ރުކުން ޒީނަތްތެރިކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި މާލޭގެ ބޭރު މަގުގައި ދިމާވަމުން އައި ޓްރެފިކްގެ ތޮއްޖެހުމާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި މަޝްރޫޢުގެ ދަށުން ބޭރު މަގު ފުޅާކޮށް، ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ފަސޭހަވާނެހެން މަގުގެ ބައްޓަން ވަނީ ބަދަލުކޮށްފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެންނެވެ. މަސައްކަތް ތަރުތީބު ކުރެވިފައިވާ ގޮތުން، މިހާރު ވަނީ ނޯތު ހާބަރާ ދިމާލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހުރި ސަރަހައްދު އެއްކޮށް ހަދާ ނިންމާލާފައެވެ. އަދި މިހާރު ބާރަށް ކުރިއަށްދަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ސަރަހައްދު ތަރައްގީކޮށް ނިންމުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ އެންމެ ހާއްސަ އެއް ކަމަކީ، މަގުގެ މަލަމަތި ރީތިކުރުމަށްޓަކައި ދިވެހި ރުައް އިންދަން ފަށާފައިވާކަމެވެ. ދިވެހި ރުކަކީ ރާއްޖޭގެ ގައުމީ ގަސް ކަމަށްވާއިރު، މާލޭގެ ބޭރު މަގުގައި މި ރުައްތައް އިންދުމުން، މާލޭގެ މަލަމަތިން ގައުމީ ވަންތަކަމާއި ހިތްގައިމުކަން ފެނިގެންދާނެއެވެ.

ސަރުކާރުގެ މި ނިންމުމާއެކު، މާލޭގެ ބޭރު މަގަކީ ހަމައެކަނި ދަތުރުފަތުރުކުރާ މަގަކަށް ވުމުގެ ބަދަލުގައި، އެއީ ފެންނަ ފެނުމަށްވެސް ހިތްފަސޭހަ، ދިވެހިވަންތަ ސަރަހައްދަކަށް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450