ކިހިނެއް / ޚަބަރު

މިނިވަން ދުވަހުގެ "މިނިވަން ރަން" ގައި ބައިވެރިވާނީ ކިހިނެއް؟

މިނިވަން ދުވަހުގެ "މިނިވަން ރަން" ގައި ބައިވެރިވާނީ ކިހިނެއް؟

މިނިވަން ރަން 2026

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖުލައި 2026، 01:45

23 ޖުލައި 2026، 01:45

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި "ވީ ރަން މޯލްޑިވްސް" ގުޅިގެން ބާއްވާ "މިނިވަން ރަން" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ދުވުމަކީ، ގައުމީ އެއްބައިވަންތަކަމާއި، ގައުމީ ލޯބި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ. 5 ކިލޯމީޓަރުގެ މި ދުވުން އޮންނާނީ ޖުލައި 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ދުވުމުގައި ރަޖިސްޓްރީވާނެ ގޮތް:

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްދާނީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. ރަޖިސްޓްރީވުމަށް ތިރީގައިވާ ފިޔަވަޅުތައް ފުރިހަމަކުރަންޖެހެއެވެ:

  • ގޫގުލް ޕްލޭ ސްޓޯރުން ނުވަތަ އެޕަލް އެޕް ސްޓޯރުން "We Run" އެޕްލިކޭޝަން ޑައުންލޯޑްކުރުން.
  • އެޕްލިކޭޝަން ހުޅުވުމަށްފަހު "Upcoming" ސެކްޝަނަށް ދިއުން.
  • "Minivan Run" އިޚްތިޔާރުކުރުން.
  • ޕޭޖުގެ ތިރިއަށް ގޮސް "Join This Event" އަށް ފިއްތާލުން.

މި ފިޔަވަޅުތައް ފުރިހަމަކުރުމުން އެންމެ ކްލިކަކުން ރަޖިސްޓްރީވުމުގެ ކަންކަން ނިމޭނެއެވެ.

މިނިސްޓްރީން ބުނެފައިވަނީ މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތެކެވެ. އެހެންކަމުން، ގިނަ އަދަދެއްގެ ރައްޔިތުން މި ދުވުމުގައި ބައިވެރިވެ، ގައުމީ މި އުފަލުގައި ބައިވެރިވުމަށް މިނިސްޓްރީން ވަނީ ދައުވަތު އަރުވާފައެވެ.



މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450