Ads by Farudhun

ޚަބަރު

ސަރަޙައްދީ ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް ފަށައިފި

ސަރަޙައްދީ ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް ފަށައިފި

އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖުލައި 2026، 02:24

23 ޖުލައި 2026، 02:24

ރާއްޖެއަކީ ސަރަޙައްދީ ގޮތުން ފާހަގަކޮށްލެވޭ، ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ބިޒްނަސް ވެބިނާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ އިގުތިޞާދީ ކުރިއެރުމުގައި މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިގުތިޞާދީ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ޖަޕާނުގެ ވިޔަފާރިތަކުން ގެންގުޅޭ އުކުޅުތަކާއި ނަމޫނާތައް ދިވެހި ވިޔަފާރިވެރިން ލިބިގަތުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިންޑިއާ ކަނޑުގެ އެންމެ ވާދަވެރި އިންވެސްޓްމަންޓް މަރުކަޒަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ.

އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ސަބަބުން ދެފުށް ފެންނަ، އިތުބާރު ހުރި އަދި ހަލުވި ނިޒާމެއް ވަނީ ގާއިމުކުރެވިފަ. ހަމައެއާއެކު، ގެނެވޭ އިސްލާހުތަކުގެ ސަބަބުން އިންވެސްޓަރުންނަށް އިތުބާރާއެކު ވިޔަފާރިތައް ގާއިމުކޮށް ފުޅާކުރުމަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ ތަސައްވުރަކީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ބޭނުންތަކަށް އިޖާބަދޭ، ހުޅުވާލެވިފައިވާ، ވާދަވެރި އިންވެސްޓްމަންޓް މާހައުލެއް ބިނާކުރުން،

      ވަޒީރު ސަޢީދު 

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދު ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އެހެނިހެން ދާއިރާތަކަށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތަ، މެރިޓައިމް އަދި ލޮޖިސްޓިކްސް، މަސްވެރިކަން، ޑިޖިޓަލް އިގުތިޞާދު، މާލީ ހިދުމަތްތައް އަދި ސިއްހީ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހޯދަމުންދާކަން ފާހަގަކުރައްވައި، ޖަޕާނުގެ ތަޖުރިބާކާރުކަމުގެ އެހީގައި ދިގު މުއްދަތުގެ ވިޔަފާރީގެ ގުޅުންތައް އުފެއްދުމަށް ދިވެހި ވިޔަފާރިވެރިންނަށް ވަޒީރު ވަނީ ބާރުއަޅުއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450