Ads by Farudhun

ޚަބަރު

ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ޕީސީބީ. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖުލައި 2026، 05:37

23 ޖުލައި 2026، 05:37

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.

އެ ބޯޑުން ވަނީ މި ޖުލައި މަހުގެ 22 އަދި 23 ވަނަ ދުވަހު، ޖުމްލަ 7 ބޭފުޅަކު ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަނުކުރައްވާފައިވާކަން އިއުލާނުކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑަށް އައްޔަނުކުރެވުނު ބޭފުޅުންނަކީ:

  1. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް: ސ.ހިތަދޫ، މީނާޒް، އީނާސް ނަޞީރު
  2. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް: ހއ.ތަކަންދޫ، ރަތްވިލާގެ، ޙުސައިން ޢަބްދުލްވާޙިދު
  3. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް: ސ.ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ
  4. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް: މއ.ޝާހީން، ޢަބްދުﷲ ޔާމީން
  5. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް: ދ.ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް
  6. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް: ދ.ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ
  7. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް: ގ.ބާނީ، އަޙްމަދު މާޒިން

ޕީސީބީ، އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. އަދި އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ސުޕަވައިޒް ކުރުމުގެ އެންމެ މަތީ އިދާރާއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450