Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ދިވެހި ރުއް އިންދައިފި

ބޮޑުތަކުރުފާނު މަގުގައި ދިވެހި ރުއް އިންދައިފި

ބޮޑުތަކުރުފާނު މަގުގައި ދިވެހި ރުއް އިންދާފަ ފޮޓޯ:އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖުލައި 2026، 06:02

23 ޖުލައި 2026، 06:02

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާންމުންނަށް ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ސަރަހައްދުގައި ދިވެހި ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން  ކޮށްފިއެވެ.

މި ހަރަކާތަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުގެ ދަށުން، މާލޭގެ މާހައުލު ފެހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ސިޓީގެ ރީތިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު ވަނީ ތާރުއަޅައި ނިންމައި، އެ ސަރަހައްދުގައި ދިވެހި ރުކާއި އެހެނިހެން ގަސްގަހާގެހި އިންދަން ފަށާފައެވެ.

ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. މި މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ވަނީ ފުޅާކޮށްފައެވެ. މިއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ފަސޭހަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މަގު ފުޅާކުރުމުގެ އިތުރުން، އާންމުންނަށް ދިމާވެފައިވާ ޕާކިންގް މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފަޅުން ހިއްކި ސަރަހައްދުގައި 500 ސައިކަލްގެ ޕާކިންގް ޒޯނެއްވެސް ވަނީ ގާއިމުކޮށްފައެވެ.

މަގު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެމްޓީސީސީން ބުނީ މި މަސައްކަތުގެ ސަބަބުން މާލޭގެ މަގުތައް ރީތިވެ، އާންމުންނަށް ހިތްފަސޭހަ މާހައުލެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސިޓީ ތަރައްގީކުރުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450