Ads by Farudhun

ޚަބަރު

ތުލުސްދޫގައި އިސްރަށްވެހިންގެ ހިޔާވަހި ބިނާކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ތުލުސްދޫގައި އިސްރަށްވެހިންގެ ހިޔާވަހި ބިނާކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ތުލުސްދޫގައި އިސްރަށްވެހިންގެ ހިޔާވަހި ބިނާކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުން - ފޮޓޯ: އެމްޓީސީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 ޖުލައި 2026، 09:19

23 ޖުލައި 2026، 09:19

ކ. ތުލުސްދޫގައި އިސްރަށްވެހިންނަށް ޚާއްޞަ ހިޔާވަހިކަމެއް ޤާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

މި މަޝްރޫޢުގެ ދަށުން ތުލުސްދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 100 މީހުންގެ ޖާގައިގެ، 3 ފަންގިފިލާގެ ޒަމާނީ އިމާރާތެކެވެ. މި އިމާރާތުގައި އިސްރަށްވެހިންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭނެ މަރުކަޒަކާއި، އިދާރީ އޮފީހެއްގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި ރިކްރިއޭޝަނަލް ހަރަކާތްތައް ހިންގާނެ ޚާއްޞަ ސަރަހައްދެއްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 54.76 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

1,680 މީހުންގެ އާބާދީއެއް އޮންނަ ތުލުސްދޫގައި މިފަދަ މަރުކަޒެއް ޤާއިމުކުރެވުމަކީ ރަށުގެ އިސްރަށްވެހިންނަށް އެމީހުންގެ އުފަން ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ އާއި އަޅާލުން ލިބިގެންދާނެ ކަމެކެވެ. މީގެ ސަބަބުން އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުން ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ، ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. 

އެމްޓީސީސީ އަކީ ރާއްޖޭގެ ތަރައްގީގެ ބޮޑު ހިއްސާދާރެކެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި، ކުންފުނި ތަކުގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450