Ads by Farudhun

ޚަބަރު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ

ސޯޝަލް ސަރަހައްދުގެ ޓްރިފް ފްލޯއަށް ގެނެވޭ ބަދަލުތައް - ފޮޓޯ: ފުލުހުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖުލައި 2026، 02:24

25 ޖުލައި 2026، 02:24

ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގެ ސެކިއުރިޓީ އާއި އިންތިޒާމުތައް ވަރުގަދަކުރުމުގެ ގޮތުން، މާލޭގެ ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށްދާ ވަގުތު ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށްޓަކައި، ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުގެ ވަކި މަގުތަކެއްގައި އުޅަނދު ފަހަރު ޕާކުކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން، ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ކަނބާ އައިސާ ރަނި ހިނގުން، މަޖީދީމަގު އަދި އިރާމާ މަގުގެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، 2026 ޖުލައި 25 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ ދުވަސް ކަމަށްވާ 2026 ޖުލައި 26 ވާ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން، ރަސްމިއްޔާތު ނިމިގެންދަންދެން އެ ސަރަހައްދުގެ މަގުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް ގެނެވޭނެއެވެ. މި ބަދަލުތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ.

މިފަދަ ގައުމީ މުހިންމު ހަރަކާތްތަކުގައި ފުލުހުންގެ އިރުޝާދުތަކަށް ބޯލަނބައި، އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. މިނިވަން ދުވަހުގެ މި ރަސްމީ ޖަލްސާއަކީ ދައުލަތުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މެހުމާނުން ބައިވެރިވެވަޑައިގަންނަވާނެ މުހިންމު ޖަލްސާއެކެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު،  ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450