Ads by Farudhun

ޚަބަރު

ދުޝްމަނުން ބަލިކުރެވެންދެން ހަމަލާތައް ކުރިއަށް ގެންދާނަން - އިރާނު

ދުޝްމަނުން ބަލިކުރެވެންދެން ހަމަލާތައް ކުރިއަށް ގެންދާނަން - އިރާނު

އިރާނުގެ ޝަހީދު ކުދިންގެ ބެލެވެރިން - ފޮޓޯ: ރޮއިޓާސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖުލައި 2026، 04:58

25 ޖުލައި 2026، 04:58

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްމަދު ބާގިރު ޒުލްޤަދަރު، އެ ގައުމުގެ ދުޝްމަނުން މުޅިން ބަލިކުރެވެންދެން ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުލްޤަދަރު މިހެން ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ބަދަލު ހިފާނެ ކަމަށް ވައުދުވަމުންނެވެ. ވަކިން ހާއްސަކޮށް، އީރާނުގެ ސްކޫލް ކުދިން މަރަމުންދާ ދިއުމަށް ބަދަލެއް ހިފާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ދެމުންގެންދާ ވަރުގަދަ ހަމަލާތައް، ދުޝްމަނުން މުޅިން ބަލިވެ ފިތްކަނޑައިގެން ދަންދެން ކުރިއަށްދާނެ. އަދި މީނާބް އާއި ލާމެރްޑްގައި ޝަހީދުކޮށްލެވުނު މައުސޫމް ކުދިންގެ ބަދަލު ހިފުމުގެ މަސައްކަތް އެއަށްވުރެ މާ ދުރަށްވެސް ދާނެ،"

ޒުލްޤަދަރު ވިދާޅުވިއެވެ.

އީރާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާއަކީ އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މީނާބްގައި ހުންނަ އަންހެން ކުދިންގެ ސުކޫލަކަށް ދިން ހަމަލާއެވެ. މި ހަމަލާގައި 165 މީހުން ޝަހީދުވެފައިވާއިރު، 95 މީހަކު ވަނީ ޒަޚަމްވެފައެވެ. މި ހަމަލާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންކަން ފާހަގަކޮށްލެވެއެވެ.

އީރާނުން މިހެން ބުނެފައިމިވަނީ، އެ ސަރަހައްދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމެރިކާ އާއި އިސްރާއީލުން އީރާނުގެ މަސްލަހަތުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ، އީރާނުން ދަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450