Ads by Farudhun

ޚަބަރު

ކުރެހުމުގައި ދެމިތިއްބަވާ، ސަރުކާރުން ތިބޭނީ އަމަލީ ގޮތުން ތަންފީޒުކުރުމުގައި - މުންދު

ކުރެހުމުގައި ދެމިތިއްބަވާ، ސަރުކާރުން ތިބޭނީ އަމަލީ ގޮތުން ތަންފީޒުކުރުމުގައި - މުންދު

ސަރުކާރުގެ އިސްތަރުޖަމާނު - ފޮޓޯ: ފަރުދުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖުލައި 2026، 08:11

25 ޖުލައި 2026، 08:11

އިދިކޮޅު ފަރާތްތަކުން ތަރައްޤީގެ ތަޞައްވުރުތައް ކުރެހުމުގައި ވަގުތު ހޭދަކުރި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެމިއޮންނާނީ އެ ތަޞައްވުރުތައް އަމަލީ ގޮތުން ތަންފީޒުކޮށް ރައްޔިތުންނަށް ނަތީޖާ ދެއްކުމުގައި ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދުގެ ފޭސް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުތައް ހަދައި ނިމެންދެން މިފަދަ ކުރެހުންތަކާއި، ތަޞައްވުރުތަކާއި ޕްލޭންތައް ހާމަނުކުރައްވައި ތިއްބެވުމަކީ އޭނާ ވަރަށް ދެރަވާ ކަމެއް ކަމަށެވެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ 1400 އަށްވުރެ ގިނަ މަޝްރޫޢު ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ތަޞައްވުރުތަކަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވީ، ކޮންމެ މަސައްކަތެއްގައި ވިސްނައި އޭ.އައި (AI) ބޭނުންކޮށްގެން ކުރަހާލައި، އެ ޝެއަރކޮށްލުމަކީ ދަތި ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އެ ފަރާތްތަކުން ބޭނުންވާނަމަ ކޮންމެ ކުރެހުމެއްގައި އެ ބޭފުޅުންގެ ސޫރަވެސް ކުރަހާލަދީ، އޭގެ ކްރެޑިޓް ދިނުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް މުންދު ވިދާޅުވިއެވެ. ނަމަވެސް، އެންމެ މުހިންމު ކަމަކީ ކަންކަން އަމަލީ ގޮތުން ތަންފީޒުކުރުން ކަމަށާއި، އެއީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ކުރެވޭނެ ކަމެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

އިދިކޮޅު ފަރާތްތަކަށް ވެރިކަމުގެ ބާރު ލިބުނު ވަގުތުގައި އެ މަސައްކަތްތައް ނުކުރެއްވުމަކީ މިހާރުގެ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ މިވަގުތު ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ވީ އެންމެ ރަނގަޅަށް ކުރެވޭތޯ ބެލުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ހަމައެކަނި ކުރެހުންތައް ދެއްކުމުގައި ދެމިތިބޭއިރު، ސަރުކާރު ދެމިއޮންނާނީ އެކަންކަން ތަންފީޒުކޮށް ނަތީޖާ ދެއްކުމުގައި ކަމަށް ވިދާޅުވެ އޭނާގެ ޕޯސްޓް ނިންމާލައްވާފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ ގިނަދުވަސްވީ އަޅާ ނުލާ އޮތް މަގުތައް ހަދާ ޒީނަތްތެރިކޮށް، ޒަމާނީ ފެންވަރަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450