Ads by Farudhun

ޚަބަރު

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން އާންމުންނާއި ފުލުހުން ގުޅިގެން ނިއްވާލައިފި

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން އާންމުންނާއި ފުލުހުން ގުޅިގެން ނިއްވާލައިފި

ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖުލައި 2026، 09:45

25 ޖުލައި 2026، 09:45

ހުޅުމާލެ ފޭސް 1 ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އެޕާޓްމަންޓެއްގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ މެންދުރު 13:57 އެހައިކަންހާއިރުއެވެ. އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އެޕާޓްމަންޓަކުން ދުން އަރަމުންދާ ކަމަށް ލިބުނު ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އެ އިމާރާތުގެ 8 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންކަން ވަނީ ކަށަވަރުވެފައެވެ. ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގެ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން، ފުލުހުން ވަނީ އެ ސަރަހައްދުގައި ތިބި އާންމުންގެ އެހީތެރިކަމާއެކު އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެފައެވެ. އަދި އެޕާޓްމަންޓުގެ އެތެރޭގައި ރޯވެފައި ހުރި އަލިފާން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.

މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ބެލިބެލުމުން އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓުގެ ބެލްކަނީގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450