ދުނިޔެ

ބޯޓަށް ދިން ހަމަލާގެ ޒިންމާ ޒެލެންސްކީ އުފުލަންޖެހޭނެ , ރައްދު ދޭނަން : އީރާން

ބޯޓަށް ދިން ހަމަލާގެ ޒިންމާ ޒެލެންސްކީ އުފުލަންޖެހޭނެ , ރައްދު ދޭނަން : އީރާން

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2026، 10:28

26 ޖުލައި 2026، 10:28

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާ އުފުލާ ބޯޓަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ކަމަށް ތުހުމަތުކޮށް، އެ އަމަލަށް ރައްދު ދޭނެ ކަމުގެ އިންޒާރު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ދެއްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، މި ހަމަލާއަކީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި މިއީ އިޒްރޭލުގެ އެދުމުގެ މަތިން ޔޫރަޕް މި ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ހިންގި އަމަލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މި މައްސަލައާ ގުޅޭގޮތުން އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލަސް އާއި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯފްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި ކަމަށާއި، ކިޔޭވްގައި ހުންނެވި "ފްރީލޯޑަރު" ކުރި މި ކަންތަކަށް ރައްދު ނުދީ ދޫކޮށްނުލާނެކަން ސާފުކޮށްދެއްވާފައިވާނެ ކަމަށް އަރަގްޗީ ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ، ކެސްޕިއަން ކަނޑުގައި ހުރި އީރާނާ ގުޅުންހުރި އަސްކަރީ މުދާ އުފުލާ އުޅަނދުފަހަރަށް ޔޫކްރެއިންގެ ދުރުރާސްތާ ހަމަލާތައް އަމާޒުކޮށްފައިވާނެ ކަމަށެވެ. ޔޫކްރެއިންގެ އިންޓެލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ އީރާނާއި ރަޝިޔާއާ ދެމެދު އަސްކަރީ ސާމާނު އުފުލާ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބޯޓުފަހަރަށެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު މި ބޯޓުގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި އެކަކު މަރުވެ، އިތުރު ފަޅުވެރިއަކަށް ވަނީ އަނިޔާވެފައެވެ. އީރާނުން ބުނަމުންދަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އެ ގައުމުން އޮތީ ވަކި ފަރާތަކަށް ނުޖެހި ކަމަށެވެ. މި ހާދިސާއާ ގުޅިގެން އީރާނުން ވަނީ ތެހެރާންގައި ހުންނަ ޔޫކްރެއިންގެ އެމްބަސީގެ އިސްވެރިޔާ ހާޒިރުކޮށް، މިއީ "ޢަދާވާތްތެރި އަދި ޖިނާއީ އަމަލެއް" ކަމަށް ބުނެ ރަސްމީކޮށް އިޢުތިރާޒުކޮށްފައެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450