ދުނިޔެ

ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަކޮށްފި

ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަކޮށްފި

އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަކޮށްފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 03:21

27 ޖުލައި 2026، 03:21

އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނާއި ހަރުކަށި ޔަހޫދީ ވަޒަންވެރިން ގުޅިގެން، ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އަރައިގަނެ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ގެދޮރު ސުންނާފަތިކުރުމުގެ އަމަލުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރުމަތީ ގުދުސްގެ އުތުރުގައި އޮންނަ ގަލަންޑިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ވަނީ ވަދެގަނެފައެވެ. އެ ސަރަހައްދުގައި ހުންނަ ޓެކްނިކަލް ކޮލެޖަކަށް އިސްރާއީލު ސިފައިން ވަދެގަނެ، ކަރުނަގޭސް ޖަހައި ބިރުދެއްކުމުގެ އިތުރުން އެ ކޮލެޖުގެ ޓީޗަރުންނާއި މުވައްޒަފުން ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. މީގެ އިތުރުން އިސްރާއީލު ސިފައިން ވަނީ ސިލްވާން އަވަށުގައި ހުރި ފަލަސްތީނު އާއިލާއެއްގެ ގެދޮރު އެއްކޮށް ސުންނާފަތިކޮށް ބިމާ ހަމަކޮށްފައެވެ.

ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ހަރުކަށި ޔަހޫދީ ވަޒަންވެރިންގެ ފަރާތުންވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ރާމަﷲގެ އިރުމަތީގައިވާ އަލް-މުޣައްޔަރު ސަރަހައްދުގައި، ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްތީނު މީހުންގެ ދަނޑުބިންތަކަށް ނުފޫޒު ފޯރުވައި، އެމީހުންގެ ޖަނަވާރުތައް އެ ދަނޑުތަކަށް ދޫކޮށްލާފައެވެ. މީގެ ސަބަބުން ދަނޑުތަކުގައި ހުރި ގަސްގަހާގެއްސަށާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިއަދުގެ ވަގުތެއްގައި ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި އިސްރާއީލުން ހިންގި މި ރެއިޑްތަކަކީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ބޮޑު އުދުވާނެއްގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި އަމަލުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމާއި، މުދަލަށް ގެއްލުންދިނުން ހިމެނެއެވެ. އިސްރާއީލުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450