ދުނިޔެ

މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ ވަރުގަދަ އަސްކަރީ ފިޔަވަޅެއް އަޅާނަން: ޓްރަމްޕް

މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ ވަރުގަދަ އަސްކަރީ ފިޔަވަޅެއް އަޅާނަން: ޓްރަމްޕް

އެމެރިކާ އަދި އީރާންއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 08:34

27 ޖުލައި 2026، 08:34

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެއްޖެއެވެ.

ނޫސް އެޖެންސީއެއް ކަމަށްވާ 'އެކްސިއޯސް' އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ވަރަށް ފުން އަދި މުހިންމު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް، އެ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުފެނިއްޖެނަމަ، ވަރަށް ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް އަލުން އެނބުރި ވަޑައިގަންނަވާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު އީރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ.

އީރާނުގެ މައްސަލައިގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކުން އަޅުގަނޑުގެ ކިބައިން އެދުނީ ހަމަލާ ނުދިނުމަށް 

މަޝްވަރާގެ މަގަށް ކިހާ ވަގުތެއް ދެއްވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، މާ ގިނަ ވަގުތެއް ދެވެން ނެތް ކަމަށެވެ. އަދި މިކަން ވާނީ ވަރަށް އަވަހަށް ކަމަށާއި، ނޫންނަމަ އެއްގޮތަކަށްވެސް އެކަން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450