ދުނިޔެ

އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ބޯޓުތަކާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރި: އިސްރާއީލް

އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ބޯޓުތަކާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރި: އިސްރާއީލް

އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ބޯޓުތަކާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2026، 06:40

28 ޖުލައި 2026، 06:40

ފާއިތުވި ހަފުތާތަކުގައި އީރާނަށް ދިން ވައިގެ ހަމަލާތަކުގައި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އުދުއްސާލާފައިވަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކުން ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ހާމަކޮށްފިއެވެ.

އިސްރާއީލުގެ ޗެނަލް 14 އަށް ދެއްވި ބަސްދީގަތުމެއްގައި ކާޓްޒް ވިދާޅުވީ، އީރާނަށް ހަމަލާދިނުމަށްޓަކައި އެމެރިކާގެ މަތިންދާބޯޓުތަކާއި ތެޔޮ އަޅާ ބޯޓުތައް އިސްރާއީލުން ފުރައިގެންދާކަން އީރާނަށް އެނގޭނެ ކަމަށެވެ. އަދި އީރާނުން ސަރަހައްދީ ގިނަ ގައުމުތަކަކަށް ހަމަލާ އަމާޒުކުރަމުންދާއިރު، އިސްރާއީލަށް ހަމަލާދިނުމަށް ފަސްޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އީރާނުން އިސްރާއީލް ފިޔަވައި އެ ސަރަހައްދުގެ އެހެން ހުރިހާ ގައުމަކަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންދާ ކަމަށެވެ. ކާޓްޒް މިފަދައިން ވިދާޅުވެފައި މިވަނީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން އެމެރިކާ އާއި އީރާނުން އެއް ގައުމު އަނެއް ގައުމަށް ހަމަލާދިނުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ.

ޖުލައި މަހުގެ މެދުތެރޭގައި މަސްރަހު ގޯސްވެގެން ދިޔުމާ ގުޅިގެން، އީރާނުން އެމީހުންގެ ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ އުރުދުން، ބަހްރޭން އަދި ކުވެއިތަށެވެ. ނަމަވެސް، އިސްރާއީލުގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އެމެރިކާއިން އީރާނަށް ހަމަލާދީފައިވާކަން މިހާރު މިވަނީ ރަސްމީކޮށް ކަށަވަރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450