Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް ނުނިމޭތީ: އެމްޓީސީސީ

ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް ނުނިމޭތީ: އެމްޓީސީސީ

ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2026، 05:19

30 ޖުލައި 2026، 05:19

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އަލަށް ތާރުއަޅައިގެން ތަރައްޤީކުރި ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް މުޅިން ނުނިމޭތީކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިކަން ހާމަކުރީ، ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރި ބައިގައި ފެންބޮޑުވާކަމަށް ބުނެ އާންމުންގެ މެދުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ކުންފުނިން ވިދާޅުވީ، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްޤީކުރި މި މަގު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވީ ނަމަވެސް، ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ހުރިކަން މި މަހުގެ 24 ވަނަ ދުވަހު ނެރުނު ބަޔާނުގައިވެސް ފާހަގަކޮށްފައިވާނޭ ކަމަށެވެ.

ޚާއްޞަގޮތެއްގައި، މަގުގައި ފެންބޮޑުވުން ހުއްޓުވުމަށް ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް އަދި ނުނިމޭކަން އެ ކުންފުނިން ފާހަގަކުރެއެވެ. ނަމަވެސް، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި 3 ޕަމްޕު ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

އެމްޓީސީސީން އިތުރަށް ވިދާޅުވީ، ޕަމްޕުތަކުގެ މަސައްކަތް ނިމެންދެންވެސް، ވިއްސާރަވެ މަގުގައި ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން މެދުނުކެނޑި ކުރަމުންދާނެ ކަމަށެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ނިންމުމަށްފަހު، މި މަހުގެ 24 ވަނަ ދުވަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މި މަޝްރޫޢަކީ މާލޭގެ މަގުތައް ތަރުތީބުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450