Ads by Farudhun

ޚަބަރު

މޫސުން ގޯސްވެ ވައި ގަދަ، ބްރިޖުން ދަތުރުކުރާއިރު ސަމާލުވޭ

މޫސުން ގޯސްވެ ވައި ގަދަ، ބްރިޖުން ދަތުރުކުރާއިރު ސަމާލުވޭ

ސިނަމާލެ ބްރިޖް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2026، 05:32

30 ޖުލައި 2026، 05:32

މާލެ ސަރަހައްދަށް މޫސުން ގޯސްވެ، ވައިގަދަވަމުންދާތީ ސިނަމާލެ ބްރިޖާއި ލިންކް ރޯޑުން ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ޓްރެފިކް ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށެވެ. މިގޮތުން ދަތުރުކުރާއިރު ހަތަރު ކަމަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

ބުރުގާ އަޅާ މީހުން، ވަޔާއެކު ބުރުގާ މޫނު މައްޗަށް ނުދާނެހެން ރަނގަޅަށް އޮޅައިގެން ދަތުރުކުރުން.
ވިއްސާރަވުމުގެ ސަބަބުން ދުއްވާއިރު އުނދަގޫ ނުވާނެ ފަދަ ފެންވަރު ރަނގަޅު ވިއްސާރަކޯޓު ބޭނުންކުރުން.
ވައިގަދަވުމުގެ ސަބަބުން އުޅަނދު ކޮންޓްރޯލް ކުރެވޭނެ ފަދަ މަޑު ދުވެއްޔެއްގައި ދުއްވުން.
އުޅަނދުގެ ހެޑްލައިޓާއި ޓެއިލްލައިޓް ދިއްލައިގެން ދަތުރުކުރުން.

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މާފަންނު ވެސްޓް ޕާކް ސަރަހައްދާއި، ސަލްމާން މިސްކިތް ކައިރި އަދި ސްވިމިންގ ޓްރެކް ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ އޮޕަރޭޝަންތައް މިހާރުވެސް ދަނީ ކުރިއަށެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. މިއަދު ހެނދުނު 10:45 އިން ހަވީރު 4:00 އާ ހަމައަށް ނެރެފައިވާ މި އެލާޓާ ގުޅިގެން، ކަނޑުދަތުރުކުރާ ފަރާތްތަކާއި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް މޫސުމަށް ހުށިޔާރުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450