Ads by Farudhun

ޚަބަރު

މާދަމާ ވަރަށް ބޮޑަށް މޫސުން ގޯސްވާނެ :މެޓް

މާދަމާ ވަރަށް ބޮޑަށް މޫސުން ގޯސްވާނެ :މެޓް

މޫސުން ގޯސް ދުވަހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2026، 07:27

30 ޖުލައި 2026، 07:27

ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށާއި، މީގެ ތެރެއިންވެސް އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ މާދަމާ (ހުކުރު ދުވަހު) ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮޅިގަނޑުތައް އުފެދެމުންދާކަން ފާހަގަކުރައްވައި، އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރަފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ. މީގެ ސަބަބުން މާދަމާ މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމީ އެންމެ ފަހުގެ މަޢުލޫމާތު ދައުލަތުގެ މީޑިއާއަށް ހިއްސާކުރައްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިވަގުތު އެންމެ ބޮޑަށް މޫސުން ގޯސްވެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޙުސައިން ވަޙީދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި، ވަކިން ހާއްސަކޮށް ހުކުރު ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އެޅުމަށްވެސް އެ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450