Ads by Farudhun

ޚަބަރު

ދެކުނުގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

ދެކުނުގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއް. ފޮޓޯ: އެޓޯލް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2026، 10:31

31 ޖުލައި 2026، 10:31

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

 މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ހަފުތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ކުރިން ލަފާކޮށްފައިވާއިރު، މިއަދަކީ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ދުވަހެއް ކަމަށް އެ އިދާރާއިން ފާހަގަކުރައްވައެވެ.

މި ދުވަސްވަރު އެކި ސަރަހައްދުތަކުގައި ކޮޅިގަނޑުތައް އުފެދެމުންދާކަން ފާހަގަކުރައްވައި، މެޓް އޮފީހުން ވިދާޅުވީ "ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ 'ލޯ ޕްރެޝަރ ޓަރަފް' އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ" ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450