Ads by Farudhun

ޚަބަރު

މާފުށި ބޭރުގައި އޮތް ސަފާރީއެއް އެރަށު ތޮށިގަނޑަށް އުރިއްޖެ

މާފުށި ބޭރުގައި އޮތް ސަފާރީއެއް އެރަށު ތޮށިގަނޑަށް އުރިއްޖެ

މާފުށީ ތޮށިގަނޑަށް ސަފާރީ އުރުން. ފޮޓޯ: އެމްވީ ކްރައިސިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2026، 01:22

31 ޖުލައި 2026، 01:22

ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، އެ ރަށުގެ ބަނދަރު ތޮށިގަނޑަށް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މާފުށިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވުމުގެ ސަބަބުން ސަފާރީގެ ނަގިލި ކަނޑައިގެން ދިއުމާ ގުޅިގެންނެވެ. ނަގިލި ކަނޑައިގެން ދިޔުމާއެކު، އޮޔާ ގޮސް ސަފާރީ ވަނީ ރަށުގެ ބަނދަރު ތޮށިގަނޑަށް އުރިފައެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ތޮށިގަނޑަށް އުރުނުތާ ގާތްގަނޑަކަށް 30 މިނެޓު ތެރޭގައި ސަފާރީ ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ. "ނަގިލި ކަނޑައިގެން ގޮސް، މާ ގިނައިރުތަކެއް ނުވަނީސް އެ ސަފާރީ ރަށު ބަނދަރުގެ ތޮއްޓަށް އުރިފައިވާއިރު، ތޮއްޓަށް އުރުނުތާ 30 މިނެޓު ތެރޭގައި ސަފާރީ އެއްކޮށް ފުނޑުފުނޑުވެފައިވޭ" ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަފާރީގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ސްރީލަންކާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ސަފާރީ ތޮއްޓަށް އުރުމާއެކު އޭގައި ތިބި ފަސް މީހުން ވަނީ ފަތާފައި ރަށަށް އަރާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރުމުގައާއި އުޅަނދުފަހަރު އަޅާފައި ބޭއްވުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450