Ads by Farudhun

ޚަބަރު

ވެމްކޯގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނެވިއްޖެ، މާދަމާ އޮޕަރޭޝަންތައް ފަށާނެ

ވެމްކޯގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނެވިއްޖެ، މާދަމާ އޮޕަރޭޝަންތައް ފަށާނެ

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި. ފޮޓޯ: ކޮރަލްގްލާސް މާކެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2026، 01:46

31 ޖުލައި 2026، 01:46

ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނެވި، ކުރިއެކޭ ވެސް އެއްގޮތަށް މާދަމާއިން ފެށިގެން ކުނި ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

 ވެމްކޯއިން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ބޮޑެތި ކުނި އުކާލަދިނުމަށް ފޯރުކޮށްދޭ "ކެޕްސް" ހިދުމަތް ވެސް ކުރިން އޮތް އުސޫލުގެ މަތިން މާދަމާއިން ފެށިގެން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ވެމްކޯއިން އިތުރަށް ބުނެފައިވަނީ ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ހުންނަން ވާނީ ކުނި އުފުލުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، ހާއްސަކޮށް ގާކުނި (ސީއެންޑީ) ހުންނަން ޖެހޭނީ ދެ ބަޔަކަށް ވަކިކުރެވިފައި ކަމަށެވެ.

ވެމްކޯގެ އޮޕަރޭޝަންތަކަށް ބުރޫއަރަން މެދުވެރިވީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގެ ސަބަބުން ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، މާލެ ސަރަހައްދުގެ ޓްރާންސްފާ ފެސިލިޓީތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހުނު ކަމަށް ވެމްކޯއިން މީގެ ކުރިން ބުނެފައިވެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ، ހުޅުމާލޭގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޗްޑީސީން އިއްޔެ ވަނީ ވަގުތީ ބިމެއް ހަމަޖައްސައިދީފައެވެ. "އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުގެ އިސްނެންގެވުމާއެކު މިކަމަށް ވަރަށް ރަނގަޅު ހައްލެއް ލިބިގެން ގޮސްފައިވޭ،" މުޖުތަބާ ވިދާޅުވިއެވެ.

ތިލަފުށީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވިފައިވަނީ އޭގެ އަނެއް ދުވަހުގެ ހެނދުނު 8:00 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން މެދުކެނޑުނު އޮޕަރޭޝަންތައް އަލުން ފެށުމާއެކު، މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް އަވަސް ވެގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450