Ads by Farudhun

ޚަބަރު

ހިންމަފުށީގެ ހުޅަނގުން ބާޖެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ހިންމަފުށީގެ ހުޅަނގުން ބާޖެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ކޯސްޓް ގާޑް - ފޮޓޯ: އެމްއެންޑީއެފް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

31 ޖުލައި 2026، 11:33

31 ޖުލައި 2026، 11:33

ކ. ހިންމަފުށީގެ ހުޅަނގު ފަރާތުން ބޮޑު ދަގަނޑު ބާޖެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ބޮޑަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބާޖު ފެނިފައިވަނީ ހިންމަފުށީގެ ހުޅަނގުން ގާތްގަނޑަކަށް 3.50 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބާޖު މިހާރު އޮޔާދަނީ ކ. ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާއާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ، އޮޔާދާ މި ބާޖުގައި އެއްވެސް ވަރަކަށް އަލިކަމެއް ނެތުމެވެ. މީގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކަށް، ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ބާޖު ދެނެގަތުމަށް ދަތިވެ، ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް އެމްއެންދީއެފުން ވިދާޅުވިއެވެ.

އެހެންކަމުން، މި ސަރަހައްދުން ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ރޭގަނޑު ދަތުރުކުރައްވާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން، އިތުރަށް ސަމާލުވެލެއްވުމަށް ވަނީ އަންގާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450