Ads by Farudhun

ޚަބަރު

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރެވުނު ޕީޓީއޭއަށް އަމަލުކުރަން ފަށައިފި

ރާއްޖެއާއި  ތުރުކީވިލާތާ ދެމެދު  ސޮއިކުރެވުނު ޕީޓީއޭއަށް އަމަލުކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 އޯގަސްޓު 2026، 10:24

01 އޯގަސްޓު 2026، 10:24

ދިވެހިރާއްޖޭގެ   ސަރުކާރުން  ތުރުކީވިލާތުގެ ސަރުކާރާއެކު ވެފައިވާ، "ޕްރިފަރަންޝަލް ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރންމެންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރުކިޔޭ" އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ.

މި އެއްބަސްވުމަށް މިއަދު އަމަލުކުރަން ފަށާފައިވާކަން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އިއުލާނުކޮށްފައެވެ. 

މި ޕްރިފަރަންޝަލް ޓްރޭޑް އެގްރީމެންޓުގައި ތުރުކީއާއި އެކު ސޮއި ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. 

އިގުތިސާދާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް، ރާއްޖެއާއި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވާކަމުގެ ފައިނަލް ނޯޓިފިކޭޝަން މިހާރުވަނީ، ލިޔުމުން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައެވެ. އަދި މި  އެއްބަސްވުމަށް 01 އޮގަސްޓް 2026 ގައި ވަނީ ފަށާފައެވެ.

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މިއީ، ދެ ގައުމުގެ ދޭތެރޭގައި އޮންނަ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ތަސައްވުރުގެ ދަށުން ހާސިލުކުރެވުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ.

އެއްބަސްވުމުގެ ދަށުން، 75 ބާވަތަކުން ނަގަމުން ދިޔަ ޑިއުޓީ  އުވިގެންދާނެ ކަމަށާއި،  މީގެ ސަބަބުން 85 މިލިޔަނަށްވުރެ ގިނަ ފަރާތްތަކުގެ މައްޗަށް އެކުލެވިގެންދާ  މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށް ވަޒިރު ވިދާޅުވިއެވެ. މީގެ ސަބަބުން، ދިވެހި ވިޔަފާރިތަކަށް،  ތުރުކީއިން މުދާ ހޯދުމަށް ފަސޭހަވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު މިއެއްބަސްވުމުގެ މައްޗަށް ބިނާކޮށް ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނެކަމަށެވެ.



ތުރުކީވިލާތާއެކު ވެވުނު މި އެއްބަސްވުމަކީ، ޔޫރަޕުގެ މާކެޓަށް ދިވެހިން ވަނުމަށް  އެޅިގެންދިޔަ ފާލަމެއްގެ ގޮތުގައި ވަޒީރު މީގެކުރިން ވަނީ ސިފަކުރައްވާފައެވެ. 

މި އެއްވަސްވުމުގެ  ދަށުން އެ ގައުމަށް  އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450