Ads by Farudhun

ޚަބަރު

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ

މޫސުން ގޮސް ދުވަހެއް. ފޮޓޯ: ފަރުދުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 އޯގަސްޓު 2026، 11:34

01 އޯގަސްޓު 2026، 11:34

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން "ފަރުދުން" މީޑިޔާއަށް މައުލޫމާތު ދެއްވިގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވައި ހުންނާނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ކަނޑުގަދަވެ، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދަށް އުފުލުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. 

މެޓް އޮފިހުން ވަނީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައެވެ. 

މޫސުން ގޯސްވުމުގެ ސަބަބުން، ހުކުރު ދުވަހު ވަނީ އެކި ހާދިސާތައް ހިނގާފައެވެ. އެގޮތުން، ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލާފައިވެއެވެ. އަދި ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، އެ ރަށުގެ ބަނދަރު ތޮށިގަނޑަށް އުރި ބޮޑެތި ގެއްލުންތަކެއް  ވެސް ވަނީވެފައެވެ.

މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ބޯޓުތައް ޖެއްސުމަށް ވެސް ހުކުރު ދުވަހު ވަނީ  ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. އަދި އޭގެ ސަބަބުން ބައިނަލްއަޤުވާމީ ގިނަ ފްލައިޓްތަކެއް ޑިލޭވެފައިވެއެވެ. 

މޫސުން ގޯސްވުމާ ގުޅިގެން ކޯސްޓްގާޑުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް އުޅަނދެއް ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން އަންގައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450