Ads by Farudhun

ޚަބަރު

ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު

ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު

މޫސުން ގޯސް ދުވަހެއް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 އޯގަސްޓު 2026، 12:56

01 އޯގަސްޓު 2026، 12:56

ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރަ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ. 

އެ އިދާރާއިން ވަނީ، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، އެއާއެކު ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވަނީ 1 އޮގަސްޓް 2026 ގެ 11:45 އިން 18:00 ގެ ނިޔަލަށެވެ.



މިއަދަށް އެ އިދަރާއިން މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެއެވެ. 

އަދި ވައި ހުންނާނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި،  ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. 

މިއާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް  ކަނޑުގަދަވެ، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދަށް އުފުލުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެއާއެކު ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެއެވެ.

މިއީ މޫސުން  ގޯސް ދުވަސްވަރަކަށް ވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ފަރާތްތަކުން ހުރިހާ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވެސް ވަނީ އަންގާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450