Ads by Farudhun

ޚަބަރު

އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

އޮމަދޫ ފުލުހުންގެ މަރުކަޒު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 އޯގަސްޓު 2026، 04:42

01 އޯގަސްޓު 2026، 04:42

އދ. އޮމަދޫގައި ބިނާކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވަ އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ފުރާޅު ހެދުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މީގެ އިތުރުން، ވަށާ ފާރު ރޭނުމުގެ މަސައްކަތާއި، ޕޮލިސް ޕޯސްޓުގެ ފާރުތައް ބިނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އ.ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. 

ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ،  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.



2000 އަކަފޫޓުގެ ފުލުހުންގެ މަރުކަޒަކަށް ބޭނުންވާ އެންމެހައި ޚިދުމަތެއް އެމްޓީސީސީއިން ގާއިމުކުރުމަށް މި މަޝްރޫއުގެ ދަށުން ވަނީ ހަމަޖެހިފައެވެ.

އަދި ސަރުކާރުން މި މަޝްރޫއަށް 2.2 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ  ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށްވާއިރު، އެ ކަމަށް ބޭނުންވާ އިމާރަތްތައް މިހާރު އަންނަނީ ރަށްރަށުގައި ބިނާކުރަމުންނެވެ. އެގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް ބޭނުންވާ އެންމެހައި އިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450