ޚަބަރު
ނ.އަތޮޅުން ވ.އަތޮޅަށް ހުދު ސަމާލު ނެރެފި
ކަނޑު ގަދަ ދުވަހެއްގައި ކަނޑު ދަތުރުކުރަނީ/ފޮޓޯ: ރާއްޖެ އެމްވީ
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނ.އަތޮޅުން
ވ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން މި ސަމާލުނެރެފައިވަނީ، ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގަ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މިއާއެކު، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ހުދު ސަމާލު ނެރެފައި ވަނީ، މިއަދުގެ 14:30 އިން 19:00 އާ ހަމައަށެވެ.
White Alert issued. pic.twitter.com/xXmc50GZng
— Maldives Meteorology (@MetMaldives) August 1, 2026
ކުރިޔަަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން، ވައި ހުންނާނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން އެދޭއިރު، މިއީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.