Ads by Farudhun

ޚަބަރު

ބާޖުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ބާޖުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ބާޖުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2026، 05:28

01 އޯގަސްޓު 2026، 05:28

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ފެނިފައި ނުވާތީ، އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއް ނެތް ކުރިއަށް އެބަގެންދެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އުޅަނދު އަޑިއަށް ދިޔަ ހާދިސާގައި ގެއްލިފައިވަނީ ދެ ބިދޭސީންނެވެ. އެ މީހުން ހޯދުމަށްޓަކައި ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ޑައިވަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ އިއްޔެ ހެނދުނު 08:48 އެހައިކަންހާއިރެވެ. ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. އުޅަނދު އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި މީހުންގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ދަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450