Ads by Farudhun

ޚަބަރު

"މަދިރިން ރައްކާ": މަދިރި މަދުކުރުމަށް އެޗްޑީސީން ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ފަށައިފި

"މަދިރިން ރައްކާ": މަދިރި މަދުކުރުމަށް އެޗްޑީސީން ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ފަށައިފި

މަދިރި މަދުކުރުމަށް އެޗްޑީސީން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތް ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2026، 06:49

01 އޯގަސްޓު 2026، 06:49

 މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށާއި، ތިމާވެށި ސާފުކޮށް ބެހެއްޓުމުގެ މަގުސަދުގައި "މަދިރިން ރައްކާ" ނަމުގައި ހާއްސަ ސާފުކުރުމާއި ފޮގުކުރުމުގެ ހަރަކާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން  ހުޅުމާލޭގައި ފަށައިފިއެވެ.

އެޗްޑީސީގެ އިތުރުން މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި މޯޕާ ފަދަ ޖަމްއިއްޔާތައް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ވަނީ ހުޅުމާލޭގެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދުގައިވާ ސަރަހައްދު ސާފުކޮށް، ފޮގުކުރުމުގެ މަސައްކަތް ކޮށްފައެވެ.

މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ހިމެނޭހެން، ސަތޭކަ ފަންސާހެއްހާ މީހުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މިއީ އާންމުންގެ ބައިވެރިވުން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާދާރުކަން މުޖުތަމައުގައި އަށަގެންނެވުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަދު ފެށި މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކުވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ސިލްސިލާކޮށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.



މަދިރި ކޮންޓްރޯލްކޮށް ބަލިތައް ފެތުރުން ކުޑަކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށްވެސް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ގަވާއިދުން ތަފާތު ހަރަކާތްތައް ހިންގާފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މަދިރިން ރައްކާތެރިކުރުމުގެ ޕްރޮގްރާމް ކުރިއަށްދިޔަ ވަގުތު، އެޗްޑީސީން ވަނީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދުގެ ފަޅުތެރެއަށް ޖަމާވަމުންދާ ކުނި ނެގުމުގެ މަސައްކަތްވެސް މިއަދު ކޮށްފައެވެ. މި ހަރަކާތަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ބަލިމަޑުކަމުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450