Ads by Farudhun

ޚަބަރު

ޕީއެންސީގެ ނައިބު ރައީސްކަމަށް ވަޒީރު ސައީދު : އަމާޒަކީ ރައީސް މުޢިއްޒުގެ ލީޑާޝިޕްގައި ޕާޓީ ވަރުގަދަކުރުން

ޕީއެންސީގެ ނައިބު ރައީސްކަމަށް ވަޒީރު ސައީދު : އަމާޒަކީ ރައީސް މުޢިއްޒުގެ ލީޑާޝިޕްގައި ޕާޓީ ވަރުގަދަކުރުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2026، 07:10

01 އޯގަސްޓު 2026، 07:10

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ އިންތިޚާބުގައި، އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާނެކަން އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އިޢުލާނު ކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި ވަޒީރު ސައީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރު ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާއެކުގައި ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި މި މަގާމަށް ކުރިމަތިލައްވަނީ ޕީއެންސީ އުފެދުނީއްސުރެ، ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީން ހޯދި ބޮޑެތި ކާމިޔާބީތަކާއި ރައްޔިތުންގެ މަގުބޫލުކަން ހޯދުމުގައި ޕާޓީގެ ލީޑާޝިޕްގައި ދެމިހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. 

"ދިވެހިވަންތަ ގައުމީ ފިކުރުގައި ގައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ފަހި ވަގުތުތަކާއި އުނދަގޫ ހާލަތްތަކުގައިވެސް، ހިތްވަރާއި ސާބިތުކަމާއެކު ދެގޮތެއްނުވެ ދެމިހުރުމުގެ ތަޖްރިބާތަކާއެކު،" މަގާމަށް ކުރިމަތިލައްވާ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ވަޒީރު ވިދާޅުވިއެވެ.


ޕާޓީގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ ގެންގުޅުއްވާނެ ތަސައްވުރު ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އަޒުމަކީ ރައީސް ޑރ. މުޢިއްޒުގެ ހިކްމަތްތެރި އަދި ހަރުދަނާ ލީޑާޝިޕްގެ ދަށުން ޕީއެންސީ އިތުރަށް ކުރިއަރުވައި، މިހާތަނަށް ލިބިފައިވާ ކާމިޔާބީތައް ދެމެހެއްޓުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ، އެންމެ އާރުލާ، އަދި އެންމެ ޚިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ޕީއެންސީ އަބަދުވެސް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގައި އެންމެ ހިންގުންތެރި އެއް ވަޒީރުގެ ގޮތުގައި ފާހަގަކުރެވޭ މުޙައްމަދު ސައީދު ގެންދަވަނީ އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ސަރުކާރުގެ މުހިންމު ސިޔާސަތުތައް ތަންފީޒު ކުރައްވަމުންނެވެ. އެގޮތުން، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ތާރީޚީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ވަނީ ފަށާފައެވެ. 


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450