Ads by Farudhun

ޚަބަރު

ޕީއެންސީގެ ނައިބު ރައީސްކަމަށް މިނިސްޓަރު ރާފިޢު ކުރިމަތިލައްވަނީ

ޕީއެންސީގެ ނައިބު ރައީސްކަމަށް މިނިސްޓަރު ރާފިޢު ކުރިމަތިލައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަަދި ނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2026، 07:20

01 އޯގަސްޓު 2026، 07:20

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުން އިންތިޚާބުކުރާ އެ ޕާޓީގެ ނައިބު ރައީސްކަމުގެ ރޭހަށް، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު ކުރިމަތިލައްވައިފިއެވެ.

މިނިސްޓަރު ރާފިޢު މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، މާތް ﷲގެ ވާގިފުޅާއެކު، ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ފަރާތުން އިންތިޚާބުކުރާ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް ގަސްދުކޮށް، އެކަން ރަސްމީކޮށް އިޢުލާން ކުރައްވާ ކަމަށެވެ.

މީގެ އިތުރުން، މި މަޤާމަށް އިންތިޚާބުވުމުގައި ޕީއެންސީގެ މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާޢީދާއި އެހީތެރިކަމަށް މިނިސްޓަރު ރާފިޢު ވަނީ އިޚުލާޞްތެރިކަމާއެކު އެދިވަޑައިގެންފައެވެ.



ޕީއެންސީގެ އެތެރޭގެ މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ ޕީއެންސީއަކީ މިހާރު ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީއެވެ. މި އިންތިޚާބަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ދައުރަށް ޕާޓީގެ އިސް ސަފު ތަރުތީބުކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450