Ads by Farudhun

ޚަބަރު

އަސްކަރިއްޔާ ތަރައްޤީކުރުމަށް މި ސަރުކާރުން ކުރާ ވަރުގެ މަސައްކަތެއް އެއްވެސް ސަރުކާރަކުން ނުކުރޭ: ދިފާޢީ ވަޒީރު

އަސްކަރިއްޔާ ތަރައްޤީކުރުމަށް މި ސަރުކާރުން ކުރާ ވަރުގެ މަސައްކަތެއް އެއްވެސް ސަރުކާރަކުން ނުކުރޭ: ދިފާޢީ ވަޒީރު

ދިފާޢީ ވަޒީރު ހަސަން ރަޝީދު ފޮޓޯ:އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2026، 08:04

01 އޯގަސްޓު 2026، 08:04

ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށްޓަކައި މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް  ދިފާޢީ ވަޒީރު ހަސަން ރަޝީދުން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ދިވެހި ސިފައިންގެ 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދިފާޢީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ދިވެހި އަސްކަރިއްޔާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ވިލިމާލޭގައި ގާއިމުކުރި ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ސިފައިންގެ ޚިދުމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެކުވެރި ގައުމުތަކުން ދިވެހި އަސްކަރިއްޔާއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން ވަޒީރު ވިދާޅުވީ، ބޭރުގެ ޤައުމުތަކުން ހަދިޔާއެއްގެ ގޮތުގައިދޭ ކޮންމެ އެއްޗެއްގެވެސް ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސިފައިންގެ އަތްމަތީގައި ކަމަށެވެ.

ސިފައިންގެ ޒިންމާތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ސިފައިން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

ސިފައިން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ މިއަދު އިހްސާސްކުރާ މިނިވަންކަމުގެ އުފާވެރިކަން މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ ފުރިހަމައަށް އަދާކޮށްދިނުން. ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން، އަދި ފިކުރީ ގޮތުންނާއި ޢިލްމީ ގޮތުން މިކަމަށް ޤާބިލްކަން ހޯދާ، ނަފްސު ތަރައްޤީކޮށް ތައްޔާރަށް ހުރުން،

      ވަޒީރު 

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ކުރިއަށްގެންދިޔަ މި އަސާސީ ތަމްރީން ކޯހަކީ މިއަހަރުގެ މާރޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ މުއްދަތަކަށް ގިރިފުށީގައި ކުރިއަށްގެންދިޔަ ކޯހެކެވެ. މި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި ހުރިހާ ދަރިވަރުން ވަނީ ސިފައިންގެ ހުވާކޮށްފައެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް، ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤާއި، ސިފަވަންތަކަމާއި، ޤައުމިއްޔަތަށް ލޯބިކުރުމުގެ ސިފަ އަށަގަންނުވައި، އަސްކަރީ މައިދާނުގައި ބޭނުންވާނެ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގާ މުހިންމު ތަމްރީނެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ސ

ސައްލި

01/08/2026 20:08

ކުރީ އެއްވެސް ސަރުކާރަކުން ނުހަދާވަރަށް މިސަރުކާރުން ދޮގު ވެސް ހަދާ.