Ads by Farudhun

ޚަބަރު

މައިންނަށް ލިބިދޭ ގާނޫނީ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

މައިންނަށް ލިބިދޭ ގާނޫނީ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

02 އޯގަސްޓު 2026، 02:14

02 އޯގަސްޓު 2026، 02:14

ދަރިފުޅަށް ގާތުން ކިރުދިނުމަށްޓަކައި ސަރުކާރުން މައިންނަށް ފަހިކޮށްދީފައިވާ ގާނޫނީ ހައްގުތަކާއި, ހާއްސަ އިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފުތާ ފާހަގަކުރުމުގެ މުނާސަބަތުގައި މެޑަމް ސާޖިދާ މިއަދު އާންމުކުރެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، ދަރިފުޅަށް ދުޅަހެޔޮ މުސްތަގުބަލެއް ބިނާކޮށްދިނުމަށްޓަކައި މައިންނަށް ދީފައިވާ މައިވަންތަކަމުގެ ޗުއްޓީއާއި، ވަޒީފާގެ މާހައުލުގައި ގާތުން ކިރުދިނުމަށް ލިބޭ ހާއްސަ ވަގުތުތަކުގެ ބޭނުން ހިފުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި މިއީ މުޅި މުޖުތަމައުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ބޮޑު ކަމެއްކަމަށެވެ.

މައިވަންތަކަމުގެ ލޯތްބާއި ގުރުބާނީގެ އެންމެ މަތިވެރި ރަމްޒަކީ ދަރިފުޅަށްޓަކައި މައިމީހާ ހޭދަކުރާ މިފަދަ ވަގުތުތައްކަން ފާހަގަކުރައްވަމުން ފަސްޓްލޭޑީ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް އޮތް ފުރުސަތު އަދުގެ ސަރުކާރުން ދެ އަހަރުގެ މުއްދަތަށް މިހާރު އިތުރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން، މުސާރަ ލިބޭ ގޮތަށް ހަމަޖައްސާފައިވާ މައިންގެ ޗުއްޓީގެ ހައްގު ކަށަވަރުކޮށްދިނުމާއި، މައިންނާއި ޅަދަރިންގެ ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

" ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅާއެކު ވަގުތު ހޭދަކޮށް ގާތުން ކިރު ދިނުމަށް ދެވޭ ފުރުސަތު ދެ އަހަރަށް ވަނީ އިތުރުކޮށްދީފައި. އޭގެ އިތުރުންވެސް މުސާރަ ލިބޭ ގޮތަށް ދެވޭ މައިންގެ ޗުއްޓީ ރައްކާތެރިކުރުމާއި، މައިންނާއި ޅަދަރިންގެ ސިއްހީ ކަންކަން ފުޅާކުރުމުގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ވަނީ ހޯދާފައި."،

 މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، މައިންނަށް މި މުހިންމު ޒިންމާ އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ ހަމައެކަނި އާއިލާގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ ވަޒީފާދޭ ފަރާތްތަކާއި މުޅި މުޖުތަމައުންވެސް އަދާކުރަންޖެހޭ ގައުމީ ވާޖިބެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މިއަހަރުގެ ދުނިޔޭގެ ގާތުން ދިނުމުގެ ހަފުތާއަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން، ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން" މިއެވެ. މި ޝިއާރުގެ މައްޗަށް ބިނާކޮށް، ދަރިންގެ ސިއްހަތާއި މުސްތަގުބަލަށްޓަކައި ހަރުދަނާ ނަތީޖާތަކެއް ހާސިލުކުރުމަށް އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450