Ads by Farudhun

ޚަބަރު

ދައުލަތުގެ އާމްދަނީ 24.1 ބިލިއަން ރުފިޔާއަށް

ދައުލަތުގެ އާމްދަނީ 24.1 ބިލިއަން ރުފިޔާއަށް

މާލީ ވުޒާރާ. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 އޯގަސްޓު 2026، 02:45

02 އޯގަސްޓު 2026، 02:45

ދައުލަތުގެ އާމްދަނީ 24.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. 

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން، 23 ޖުލައި 2026 ގެ ނިޔަލަށް އެކުލަވާލައި ތައްޔާރުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީއާ އަޅާ ބަލާއިރު، 10.9 އިންސައްތައިގެ އިތުރުވުމެކެވެ. 

ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވީ، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހެއޓެނިވި ގޮތެއްގައި އިތުރުވުމާއެކު ޖުމްލަ ޓެކްސް އާމްދަނީ ވެސް އިތުރުވެގެން ދިއުމުން ކަމަށް ވުޒާރާއިން ބުނެއެވެ. 

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު، 21.7 ބިލިއަން ރުފިޔާއަށްވުރެ، 2.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ، 12.1 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރުވެފައެވެ. އެއާއެކު ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރު ލިބުނު 16.4 ބިލިއަނުން 18.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި އަހަރު ޖީ.އެސް.ޓީގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް ޖީ.އެސް.ޓީއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 9.7 އިންސައްތަ ނުވަތަ 878.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

އެގޮތުން، އާންމު މުދަލާއި ހިދުމަތްތަކުން ނަގާ ޖީ.އެސް.ޓީން ލިބުނު އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މި ޖީ.އެސް.ޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާއަށްވުރެ 371.3 މިލިއަން ރުފިޔާގެ ނުވަތަ 13.6 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި ހަފްތާގައި އެންމެ ބޮޑަށް އިތުރުވެފައި ވަނީ ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ)އެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ 6.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 8.0 އިންސައްތައިގެ ނުވަތަ 507.2 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ 40.4 ބިލިއަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ ވަނީ، 23 ޖުލައި 2026 ގެ ނިޔަލަށް ދައުލަތަށް ލިބިފައި ކަމަށް ވެސް މާލީ ވުޒާރައިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450