Ads by Farudhun

ޚަބަރު

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށަނީ

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށަނީ

އަމީނީ މަގުގެ މަރާމާތައް ބޭނުންވާ ބައެއް މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޯގަސްޓު 2026، 05:06

02 އޯގަސްޓު 2026، 05:06

އަމީނީ މަގުގައި ހެދިފައިވާ އަޑިގުޑަންތައް މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ ދަށުން މަރާމާތު ކުރުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ޕާކުން ފެށިގެން އިއްޒުދީން މަގާއި ހަމައަށެވެ.

މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހޭދަކޮށްގެން އަމީނީ މަގުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެއްކޮށް ހުޅުވާލީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް، މަސައްކަތް ނިންމައި ބޭނުން ކުރަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ، މަގުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދަތުރުފަތުރު ކުރާ ފަރާތްތަކަށް ވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް މާފަންނު ފުޑްކޯޓު ސަރަހައްދުގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އާންމުންގެ ޝަކުވާތަކާ ގުޅިގެން މި މަގު މަރާމާތު ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނި ގޮތުގައި، އެ މަސައްކަތް ފެށުން ލަސްވީ އެ ދުވަސްވަރު މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދިއުމާ ގުޅިގެންނެވެ. މަސައްކަތް ފެށުމުގެ ކުރިން އެ ކުންފުނިން ވަނީ އެ ސަރަހައްދުގެ ސާވޭތައް ވެސް ފުރިހަމަކޮށްފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، "އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައި" ކަމަށެވެ. މި މަސައްކަތަށް މަގު ތައްޔާރުކުރުމުގެ ގޮތުން، މިރޭ 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، އާންމު ދަތުރުފަތުރަށް އެ ސަރަހައްދު ބަންދުކުރާނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މަސައްކަތް ކުރިއަށްދާ ވަގުތު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަސައްކަތް ފެށުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450