Ads by Farudhun

ޚަބަރު

ޖުލައިމަހު 184،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި

ޖުލައިމަހު 184،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި

ރާއްޖެއަށް ޒިޔަރަތްކުރި ފަތުރުވެރިންތަކެއް ރިސޯޓެއްގައި. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޯގަސްޓު 2026، 08:30

02 އޯގަސްޓު 2026، 08:30

ނިމިދިޔަ ޖުލައި މަހު ރާއްޖެއަށް 184،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މި އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 184،735 ފަތުރުވެރިންނެވެ. މިއީ މިއަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު %46 އިތުރު އަދަދެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ %1.9 ގެ ދަށްވުމެކެވެ.

މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބުރުވަރީ މަހުގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަނަވަރީ މަހު 227،403 ފަތުރުވެރިން، ފެބުރުވަރީ މަހު 254،556 ފަތުރުވެރިން، މާރިޗު މަހު 161،259 ފަތުރުވެރިން، އެޕްރީލް މަހު 152،861 ފަތުރުވެރިން، މޭ މަހު 142،555 ފަތުރުވެރިން އަދި ޖޫން މަހު 123،552 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

މާރިޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވާން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މީގެ މައިގަނޑު ސަބަބަކީ "މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތައް" ކަމަށް ބެލެވެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،924 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެގޮތުން %73 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރިއިރު، %22 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450