Ads by Farudhun

ޚަބަރު

އަމީނީމަގުގެ މަރާމާތާ ގުޅިގެން ބަސް ރޫޓަށް ބަދަލެއް

އަމީނީމަގުގެ މަރާމާތާ ގުޅިގެން ބަސް ރޫޓަށް ބަދަލެއް

އެމްޓީސީސީގެ ބަހުގެ ޚިދުމަތްދޭ ބަހެއް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޯގަސްޓު 2026، 10:01

02 އޯގަސްޓު 2026، 10:01

އަމީނީ މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގައި ދަތުރުކުރާ އާރް.ޓީ.އެލް ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

މި ބަދަލުތަކަކީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު ދަތުރުފަތުރުގެ ނިޒާމަށް ލުއިފަސޭހަކޮށްދިނުމަށް ގެނެވޭ ބަދަލުތަކެކެވެ.

މި ބަދަލުތަކުގެ ތެރޭގައި ރޫޓް R1، R7 އަދި R15 ގެ ދަތުރުތަކަށް ވަނީ ބަދަލު ގެނެވިފައެވެ. މި ރޫޓުތަކުގެ ބަސްތައް މާލޭގައި މަޑުކުރާނޭ އެންމެ ފަހު ސްޓޮޕަކީ މާފަންނު ބަސް ޓަރމިނަލް ކަމުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން R10 ނުވަތަ އަމީނީ ރޫޓުގެ ދަތުރުތައް ފެށުމާއި ނިންމުން މިހާރު ހަމަޖެހިފައިވަނީ ވެސްޓް ޕާރކް ބަސް ސްޓޮޕް އިންނެވެ.

ޚިދުމަތް މެދުކެނޑޭނެ ސްޓޮޕްތައް
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކުގައި ހިމެނޭ ބައެއް ބަސް ސްޓޮޕްތަކުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އައިޖީއެމްއެޗް ސްޓޮޕް، ސޯޝަލް ސެންޓަރ ސްޓޮޕް އަދި ދަރުމަވަންތަ ހޮސްޕިޓަލް ސްޓޮޕް ހިމެނެއެވެ. މި ރޫޓުތަކުގެ ދަށުން މި ސްޓޮޕްތަކަށް ބަސް މަޑުނުކުރާނެ ކަމަށް ވަނީ އަންގާފައެވެ.

މި ބަދަލުތަކުގެ ސަމާލުކަން ކަސްޓަމަރުންނަށް އަރުވަމުން، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ވަނީ މަޢާފަށް އެދިފައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450